މިފަހުން އާންމުންގެ މެދުގައި ބޮޑު މަގުބޫލަކަމެއް ހޯދާފައިވާ ޓޫ އޮފް އަސް ބޭންޑުން ރޭ ކެނދިކުޅުދޫގައި ބޭއްވި ފޯރިގަދަ ޝޯއަށް ފަހު، އީދުގެ ދެވަނަ ޝޯއަށް އެ ބޭންޑުން ވެލިދުއަށް އައިސްފި އެވެ. ވެލިދުއަށް އެ ބޭންޑް އައުމުން ބަނދަރުމަތިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އެގޮތުން، ބޮޑު ބެރާއި މާމަލުން ޓޫ އަފް އަސްއަށް ވަނީ ވެލިދޫއިން މަރުހަބާ ކިޔައިފަ އެވެ. އަދި އެ ބޭންޑަށް ބޮޑު މަގުބޫލުކަމެއް ލިބުނު އިންޑިއާގެ ބެންޓުލް އޮފް ބޭންޑްސް ޝޯގައި ހޯދި ކާމިޔާބަށް ވެލިދޫން ވަނީ އެ ބޭންޑަށް މަރުހަބާ ކިޔައިފަ އެވެ.
ޓޫ އޮފް އަސްއިން މި އީދުގައި ކުޅޭ ތިން ވަނަ ޝޯ އޮތީމި ރޭ، 8 ޖޫން، އާދިއްތަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ. އެ ޝޯ ވެސް ބާއްވަނީ ވެލިދޫ ބަނދަރުމަތީ ސްޓޭޖްގަ އެވެ.
ޓޫ އޮފް އަސްއިން މި އީދުގައި ކުޅުނު ފުރަތަމަ ޝޯ ކުޅެފައި ވަނީ ދަ މެންގްރޫވް އައިލެންޑުގެ ގޮތުގައި މަޝްހޫރުވެފައިވާ މިއަތޮޅު ކެނދިކުޅުދޫގަ އެވެ.
ޓޫ އޮފް އަސްއިން ދޭ ޔަގީންކަމަކީ މިރޭ ވެލިދޫގައި ބާއްވާ ޝޯ ވެސް ފޯރިގަދަވާނޭ ކަމަށެވެ. އިންތިޒާރުކޮށްލައްވާށެވެ.