މިއަހަރުގެ ހަ މަސް ފާއިތުވީއިރު މި އަތޮޅަށް ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ފަތުތރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 15ގެ ނިޔަލަށް މި އަތޮޅަށް ވަނީ 50،651 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެ ފަތުރުވެރިންގެ ތެރެއިން މާފަރު އެއާޕޯޓް މެދުވެރިކޮށް 3،891 ފަތުރުވެރިން މި އަތޮޅަށް ޒިޔާރަތްކޮށްފައިވެ އެވެ. 

މިހާތަނަށް ޖުމްލަ 1.1 މިލިއަން ފަތުރުވެރިން މުޅި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު %4 ފަތުރުވެރިން އައިސްފައި ވަނީ ނޫނަށެވެ. 

ނޫނުގައި ފަތުރުވެރިންނަށް ހިދުމަތް ދޭން 2،806 އެނދު އެބަހުއްޓެވެ. އެއީ، ރިސޯޓްތަކުގައި 2،580 އެނދު އަދި ގެސްޓްހައުސްތަކުގައި 226 އެނދެވެ.