މާފަރުގެ ބައެއްގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައިވާ އެ ރަށު ފަޅު ތެރޭ އޮންނަ 'ފަރުމުލި' މާފަރުގެ ބައެއް ނޫންކަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ފަރުމުލި މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ މިދިޔަ އަހަރުގެ އެޕްރީލް 15 ދުވަހު ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުންނެވެ. އޭރު ނެރުއްވި ގަރާރުގައި ފަރުމުލީގެ އިތުރަށް 'ކަނޑިންމާހުރާ' ވެސް ވަނީ މާފަރުގެ ބައެއްގެގޮތުގައި ކަނޑައަޅުއްވައިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަދު އާ ގަރާރެއް ނެރުއްވާ ރައީސް ވަނީ ފަރުމުލި މާފަރުގެ އިހުތިސޯސުން ވަކިކޮށް ރިސޯޓް ހަދަން ދޫކުރާ ރަށެއްގެ ގޮތުގައި ނިންމަވާފައި ކަމަށެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްރަށުގެ އިން ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެކެވެ.
ކަނޑިންމާހުރާ އަދިވެސް އޮތީ މާފަރުގެ ބައެއްގެ ގޮތުގަ އެވެ.