މިއަހަރުގެ ހަތަރު މަސް ފާއިތުވީއިރު މި އަތޮޅަށް އައި ފަތުރުވެރިންގެ އަދަދު 36،000އަށް ވުރެ ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީން އެޕްރީލަށް ނޫނަށް ވަނީ 36،361 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެއީ އެޕްރީލްގެ ނިޔަލަށް މުޅި ރާއްޖެއަށް އައި، 809،545 ފަތުރުވެރިންގެ %4.5 އެވެ.
ރާއްޖެއައި ފަތުރުވެރިން އަށް ވަނައަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައި މި ވަނީ ނޫނުއަށެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 10 އަތޮޅު:
- ކ: 358,673 ފަތުރުވެރިން؛ އައި ފަތުރުވެރިންގެ %44.3
- އދ: 76,476 ފަތުރުވެރިން؛ އައި ފަތުރުވެރިންގެ %9.4
- ރ: 62,494 ފަތުރުވެރިން؛ އައި ފަތުރުވެރިންގެ %7.7
- އއ: 55,360 ފަތުރުވެރިން؛ އައި ފަތުރުވެރިންގެ %6.8
- ބ: 49,492 ފަތުރުވެރން؛ އައި ފަތުރުވެރިންގެ %6.1
- ދ: 40,076 ފަތުރުވެރިން؛ އައި ފަތުރުވެރިންގެ %5.0
- ޅ: 36,368 ފަތުރުވެރިން؛ އައި ފަތުރުވެރިންގެ %4.5
- ނ: 36,361 ފަތުރުވެރިން؛ އައި ފަތުރުވެރިންގެ %4.5
- ވ: 29,711 ފަތުރުވެރިން؛ އައި ފަތުރުވެރިންގެ %3.7
- ގއ: 11,681 ފަތުރުވެރިން؛ އައި ފަތުރުވެރިންގެ %1.4
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނޫނުގައި ޖުމްލަ 2،744 ޓޫރިސްޓު އެނދު އެބަހުއްޓެވެ. އެއީ، 14 ގެސްޓްހައުސްއެއްގައި 178 އެނދު އަދި 8 ރިސޯޓެއްގައި 2،566 އެނދެވެ. މި އަތޮޅަކީ ރާއްޖޭގެ އެންމެ އަގުބޮޑެތި ރިސޯޓްތައް ހިމެނޭ އަތޮޅެވެ. އެގޮތުން، ވެލާ ޕްރައިވެޓް އައިލެންޑާއި ޝެވަލް ބްލޭންކް ރަންދެލި އަދި ސޮނޭވާ ޖާނީ ވެސް އޮންނަނީ މި އަތޮޅުގަ އެވެ.