މި އަތޮޅު ޅޮހީގެ ރާޅާއެޅުންތެރިން އެކުވެގެން 2022 ވަނަ އަހަރު އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ، "ސާފް ސްކޮޔާ" އަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެހީތެރިކަން ފޯރުކޮށްދފީފި އެވެ. 

މެންބަރު ސާފް ސްކޯއަށް ހަދިޔާކުރެއްވީ ސާފް ބޯޑްތަކެކެވެ. 

އެމްޕީ އައްބާސް ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

އެ ހަދިޔާއާ ގުޅިގެން ސާފް ސްކޮޔާގެ ފޭސްބުކް ޕޭޖުން ވަނީ މެންބަރު އައްބާސްގެ މި ދީލަތި އެހީއަށް ޝުކުރު އަދާކޮށްފަ އެވެ. އެ ޖަމްއިއްޔާއިން ބުނީ އެ އެހީއަކީ ހަމައެކަނި ކުޅިވަރުގެ ރޮނގުން ލިބޭ އެހީއެއް ނޫން ކަމަށާއި، މިއީ ޒުވާނުންނަށް ބާރުވެރިކުރުވައި ރަށުގެ ހުނަރުވެރިން އުފެއްދުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. 

"މުޖުތަމައު ތަރައްގީ ކުރުމަށާއި އަދި މިފަދަ އިޖްތިމާއީ މަސައްކަތްތަކަށް މެންބަރު އައްބާސް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރަން،" ސާފް ސްކޮޔާއިން ބުންޏެވެ. 

މެންބަރު އައްބާސްގެ އެހީގައި ޅޮހީ ޒުވާނުންނަށް ފޯރުކޮށްދިން ސާފް ބޯޑް

މެންބަރު މުހައްމަދު އައްބާސް ގެންދަވަނީ އޭނާ ހިމެނޭ ދާއިރާގެ ރަށްތައް ކަމަށްވާ، ވެލިދޫ، ފޮއްދީ ޅޮއްސަށް ގިނަ އެހީތަކެއް ވެދެއްވަމުންނެވެ. އެގޮތުން ސްކޫލްތަކަށާއި ޒުވާނުން އިސްވެ ހިންގާ ހަރަކާތްތަކަށް އޭނާ އެހީތައް ވެދެއްވަ އެވެ. 

ނ. ޅޮހީގައި ރާޅާއެޅުންތެރިންގެ ކޮމިޔުނިޓީއެއް އުފެދިފައިވެ އެވެ. އަދި ސާފް ސްކޮޔާއިން އިސް ނަގައިގެން ހިންގާ ހަރަކާތްތަކުން ގިނަ ޒުވާނުންނަށް އެ ކުޅިވަރު ދަސްކުރުމުގެ ފުރުސަތު ލިބެ އެވެ.